navLogo

އެންމެ އިސްކަންދޭންވީ ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަށް: ރައީސް

އެންމެ އިސްކަންދޭންވީ ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަށް: ރައީސް
president office
މަރިޔަމް

ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރީތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނާ ފަރާތްތަކަށް މަރުޚަބާ ދަންނަވާފައެވެ.ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. ޤުރުއާން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ވަނީ ދެއްވާފައެވެ.ރައީސް ވަނީ ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންތަކެއްގެ ގޮތުގައި ބިނާކުރުމަށް ގޮވާލާފައެވެ. ރައީސް ވިދާޅުވީ ބެލެނިވެރިންނާ، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާއި އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލްކަންދޭ ދަރިތަކެއް އުފެއްދުމަށްކަމަށެވެ.

ޤުރުއާނަށް ލޯބިޖެހިފަވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤުރުއާނަށް ލޯބިޖެހިފަވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤުރުއާން ކިޔެވުމަކީ އެކަމަކަށްޓަކާ ފަޚުރުވެރިވާ ކަމަކަށް ހެދުމަށް ގޮވާލެއްވިއެވެ.ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަށާއި ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ޙަޤީޤީ ބަދަލު ގެނެވޭނީ، އަމިއްލަ ޚިޔާލާ ވިސްނުމާއި ފިކުރާއި ޢަމަލުތއް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356