navLogo

ޚާއްސަ ފެއާއެއްގެ ދަށުން އިންޑިއާގެ 2 މަންޒިލަކަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް

ޚާއްސަ ފެއާއެއްގެ ދަށުން އިންޑިއާގެ 2 މަންޒިލަކަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް
social media
މަރިޔަމް

ޤައުމީ އެއާލައިން މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފިއެވެ. މި ފެއަރގެ ދަށުން އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓުކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.އެގޮތުން މި މަސައްކަތުގެ ދަށުން މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އަދި މި ފެއަރއާއެކު ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުން ކަމަށާއި، ތިރުވަނަންތަޕުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުން ކަމަށް އެއާލައިނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ބަދަލާއެކު ފަސިންޖަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، އޭ320 ފްލައިޓްގެ އިކޮނޮމީ ކްލާހުގައި 20 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއާއި، ކޮމްޕްލިމަންޓްރީ ހޮޓް މީލް އަދި ބުއިންތައް ހިމެނޭކަމަށެވެ. އަދި ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 30 ކިލޯގެ ބެގޭޖް އެލަވަންސްއާއި، އަވަސް ޗެކް-އިން ޚިދުމަތާއި، ޓިކެޓުގެ ދުވަސް ބަދަލުކުރުމުގެ ފުރުސަތު އިތުރު އަގަކާ ނުލައި ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ވިދާޅުވިއެވެ.މީގެ އިތުރުން، މި ބަދަލަކީ ހަމައެކަނި ވިޔަފާރިއަށް ފައިދާވާ ކަމެއް ނޫންކަމަށާއި، މިއީ މުޅި ގައުމަށް، އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ދެކުނު އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެއެއަރލައިނުން ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356