މިއަހަރުގެ މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާގެ ތެރެއިން 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑެއް ދީފިއެވެ. ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވީ، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ."މޯލްޑިވްސް ޓުއަރިޒަމް އެވޯޑް" ހަފްލާގެ ތެރެއިން ޖުމްލަ 8 ފެސިލިޓީއަކަށް 10 އެވޯޑެއް ދީފައިވެއެވެ. އޭގެތެރޭގައި ޓޫރިސްޓް ރިސޯޓުތަކާއި، ޓޫރިސްޓް ހޮޓެލްތަކާއި، ޑައިވް ސެންޓަރުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މި އެވޯޑަށް ކެޓެގަރީތައް އިތުރުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރައްވަމުން އަންނަކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން އަންނަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމަށް އެ ފަރާތްތަކަށް ޚާއްސަކޮސްގެން "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ހަފްލާ ކޮންމެ އަހަރުކުވެސް ބާއްވަމުންނެވެ.އެގޮތުން މިއަހަރު އެވޯޑު ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން އިން މިދިޔަ އަހަރުގެ މޭއިމަހުގެ ނިޔަލަށް އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށެވެ.